Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ހުރަސް އަޅަނީ

މެދުރާއްޖެތެރޭގެ ރަށެއްގައި އުޅެމުންދާ ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އެ ރަށުގެ ބަޔަކު ހުރަސް އަޅަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއްގައި ނޫން ކަމަށެވެ.

އަދި އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ޓީމާއެކު ފުލުހުން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް އެ ކުދިންގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގަމުންދާ ކަމެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.