Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ގާޒީ ސްކޫލްގެ 33 ކުއްޖަކު ވެކްސިން ފުރިހަމަ ނުކުރޭ

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގެ 33 ކުއްޖަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ފަރާތްތަކުގެ ތެރެއިން ދެ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފަރާތަކީ ޣާޒީ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

އެެގޮތުން އެ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންނަކީ މީސަލްސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ ކުދިން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ހިމަބިހީގެ ވެކްސިން ޑޯޒުތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.