Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓް ޖައްސަލައިފި

ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު މިއަދު ޖައްސައިފި އެވެ.

މިއަދު ހެނދުނު 11:00 ހާއިރު ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެކެވެ.

ދަރަވަންދޫ އަށް މޯލްޑިވިއަންގެ އިތުރުން ދެން ދަތުރުތައް ކުރަމުން އަންނަނީ ފްލައިމީ އަދި މަންޓާ އެއާއެވެ.

ދަރަވަންދޫ އެއާޕޯޓަށް އާންމުގޮތެއްގައި 20 ވަރަކަށް ފްލައިޓު ބާއްވައެވެ. އެރަށުގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއާޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެެއެވެ.

ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މިއީ އައިލެންޑް އޭވިއޭޝަންސް ސާވިސް (އޭއައިއެސް)އިން އޮޕަރޭޓް ކުރާ އެއާޕޯޓެކެވެ.