Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

މ.ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް ބުނީ ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ.އަތޮޅާއި ދ.އަތޮޅާ ދޭތެރެއިން ކަމަށެވެ.

އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

ބަންޑުން ޖަހާލާފައިވާ އެ ބޯޓަކީ ލަންކާގެ މަސް ބޯޓެކެވެ. ބޯޓު ބަންޑުން ޖަހާލާފައިވާ ސަރަހައްދުން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.