Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރައީސް ނަޝީދު އައްޑޫ އަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

އައްޑޫ އަށް ވަޑައިގެންނެވުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރުން އާންމުންނެވެ.

ރައީސް ނަޝީދު އައްޑޫ އަށް ވަޑައިގެންފައިމިވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "އެޖެންޑާ 19 ރަށަށް" އައްޑޫ ސިޓީ ކައުންސިލްގެ މެނިފެސްޓޯ ހެދުމުގެ ވޯކްޝޮޕްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މި ވޯކްޝޮޕްތައް މާދަމާ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް މިފަދަ ވޯކްޝޮޕެއް ބާއްވާފައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފަށާފައިވާއިރު އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގައެވެ.