Last Updated: April 20, 11:39
Saturday, April 20, 2024
ވިޔަފާރި

މިދިޔަ އަހަރު އެސްޓީއޯ އަށް 422 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު އާންމުކުރި އެ ކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 422 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 68 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ބޮޑު ފައިދާއެއް މިދިޔަ އަހަރު ލިބިފައިވަނީ އާންމު ވިޔަފާރިން އެ ކުންފުންޏަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

އެގޮތުން ވިޔަފާރި ކޮށްގެން މިދިޔަ އަހަރު އެސްޓިއޯއަށް ވަނީ 153 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އޮޕެރޭޓިން ޕްރޮފިޓްގެ ގޮތުގައި ވަނީ 537 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާވި ނަމަވެސް ވިޔަފާރި ކުރިއެރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 34 ޕަސެންޓަށް އުފުލުނު އިރު ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކީ ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ހެޔޮ އަގެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ އަންނަ މަހުން ފެށިގެން ރާއްޖޭގެ އިތުރުން އެސްޓީއޯއިން ސްރީލަންކާއަށް ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ.