Last Updated: March 29, 11:09
Friday, March 29, 2024
ވިޔަފާރި

ހަތަރު ގައުމަކަށް ހެޔޮ އަގެއްގައި ގުޅޭނެ ގޮތް އުރީދޫން ހަދައިފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ހަތަރު ގައުމަކަށް ހެޔޮ އަގެއްގައި ގުޅޭނެ ގޮތް އުރީދޫން ހަދައިފި އެވެ.

އުރީދޫ އިން ބުނީ ޗައިނާ އާއި ތައިލެންޑާއި މެލޭޝިއާ އަދި ސިންގަޕޫރަށް ހެޔޮ އަގެއްގައި ގުޅޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުތަކަށސް ގުޅާ އުރީދޫ ކަސްޓަމަރުންގެ އަތުން ކެނޑުމަށް ހަމަޖެހިފައިވަނީ މިނެޓަކަށް 1.50 ލާރި ކަމަށް ވެސް އުރީދޫ އިން ހާމަކުރެއެވެ.

އިއްޔެގެ ނިޔަލަށް މި ބަލި ޖެހިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު 304 އަށް އަރާފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 14،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ 19،544 ކޭހެއް ވެސް އިއްޔެގެ ނިޔަލަށް ވަނީ ފެނިފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.