Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

"ގޯލްޑް 100" ގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރުވެސް ބީއެމްއެލް

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމަށް ދޭ "ގޯލްޑް 100" އެވޯޑްގެ ޕްލެޓިނަމް ފާރޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ "ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ 4 ވަނަ ފަހަރުކަމަށެވެ.

މި ސްޕޮންޝަރޝިޕާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމުގައި ކޯޕަރޭޓް މޯލްޑިވްސް އާ އެކު މިއަހަރުވެސް ޕާރޓްނަރޝިޕެއް ގާއިމްކުރެވުމަކީ ބެންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރަމުން. ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމުގައި ކޯޕަރޭޓް މޯލްޑިވްސް އާ އެކު މިއަހަރުވެސް ޕާރޓްނަރޝިޕް އެއް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" އޭނާ ވިދާޅުވިއެވެ.

ގޯލްޑް 100 އެވޯޑް ލިބޭ ފަރާތްތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގަލާ އިވެންޓުގައެވެ.