Last Updated: March 28, 14:17
Thursday, March 28, 2024
ވިޔަފާރި

އެސްޓީއޯ އިން ޑީސަލްގެ އަގު ހެޔޮކޮށްފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން 11.19 ރުފިޔާއަށް ޑީސަލް ލީޓަރެއް މިހާތަނަށް ވިއްކަމުން އައިނަމަވެސް އެއަގުން 0.30 ލާރި މިހާރުވަނީ ހެޔޮކޮށްފައެވެ.

އެ ބަދަލާއެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 10.89 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ދޭތެރެ ދޭތެރެއިން އެ ކުންފުނިން އަންނަނީ ހެޔޮ ކުރަމުންނެވެ.