Last Updated: March 29, 02:52
Friday, March 29, 2024
ދުނިޔެ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް!

ކޮރޯނާވައިރަސް ޖެހިގެން އިއްޔެ އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސުގެ ހެލްތު އޮތޯރިޓީން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި އިއްޔެ އެކަނި އެ ޕްރޮވިންސުން ވަނީ 116 މީހުން މަރުވެފައެވެ. އަދި އިއްޔެ އެކަނި އިތުރު 4،823 މީހުން އެ ޕްރޮވިންސުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އެ ޕްރޮވިންސުން މި ބައްޔަށް ޕޮޒިޓިވްވި 36،719 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން 1،685 މީހުންގެ ހާލު ސީރިއަސްއެވެ. އަދި 4،131 މީހުން ވަނީ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،486 އަށް އަރާފައެވެ. މި ބަލީގައި ތިން މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 60،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.