Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ

ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ.

ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީގައި މިރޭ 7:32 ހާއިރު އޭނާ ވަނީ މާލެ ގެނެސްފައެވެ.

އޭނާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.