Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު އިމްރާން އިންޑިއާ އަށް

ރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި މިއީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުން އަންނައިރު ދާދިފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންހާ މާރިޔާ ބައްދަލުކުރައްވާފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ދިފާއީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އޮޕަރޭޝަންސްތަކުގައި އެމްއެންޑީއެފް އަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.