Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޓީޗަރަކު ދަރިވަރުންތަކަކަށް ނިވާކަންކުޑަ ވީޑިއޯއެއް ދެއްކި މައްސަލައެއް!

ދ. މާއެނބޫދޫ ސްކޫލުގެ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ބިދޭސީ ޓީޗަރަކު އެ ވީޑިއޯ ދައްކާފައި ވަނީ އެ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކަމަށެވެ.

އަދި އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.