Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގެ މަގުތަކުގައި ތާރު އެޅުމަށް އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ އީއައިއޭ ހެދުމަށް ސީޑިއީ ކޮންސަލްޓިންގ އާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ސަރުކާރުން ޖީކޭ ޑިވެލޮޕްމަންޓްސް ޕްރަވެޓް ލިމިޓެޑް އާއި ހަވާލުކޮށް ތާރު އެޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައި ކަމަށެވެ.

އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށް ދާއިރު އިއްޔެ އައްޑޫގެ މޭޔަރ ޢަބްދުﷲ ސާދިގް ވަނީ ކަމާއިބެހޭ މިނިސްޓްރީތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ފައިދާ ތައް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި މަޝްރޫޢުގެ ތެރެއިން 13 ކިލޯ މީޓަރުގެ މަގުތަކުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.