Last Updated: April 18, 17:05
Thursday, April 18, 2024
ޚަބަރު

15 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާ ގުޅިގެން މީހަކާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 12:45 ގައި ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް އެ ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަށް ވަރަށް ސީރިއަސް ގޮތެއްގައި ފުލުހުން އަންނަނީ ބަލަމުންނެވެ.