Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ނ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ނ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް އެ ހޮސްޕިޓަލުގައި ފައްޓަވާދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހެލްތު މިނިސްޓްރީން ބުނީ ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން ދިއުމާއެކު، މިޚިދުމަތް ހޯދުމަށް ނ. މަނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވާއިރު ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރެވިގެންދިޔަ މި ޚިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ޚިދުމަތެއްކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން އެ ސަރަހައްދުގެ އެހެން ރައްޔިތުންނާއި ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށްވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.