Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރުގެ ހިދުމަތް މެދުކަނޑާލައިފި

ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރާއި ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ޤައުމީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރާއި، ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް މެދުކަނޑާލީ ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިއަދުން ފެށިގެން ހިދުމަތް މެދުކަނޑާލިއިރު، ދެން ހިދުމަތް ދޭން ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމަރުކަޒުން ވަނީ މަޢާފަށް އެދިފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ތަފާތު އެކި އިވެންޓުތަކާއި ހަފްލާތައް ކެންސަލް ކުރަމުން އަންނައިރު އެ ބައްޔަށް ރާއްޖެއިން މިހާތަނަށް ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.