Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮރޯނާވައިރަސް އުޅޭތީ ބަންގްލަދޭޝް އަށް ނުދާން ސަރުކާރުން އެދެފި

ބަންގްލަދޭޝްގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ބަންގްލަދޭޝް އަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ވަނީ މި ބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

އަދި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ނުވަތަ އެޤައުމާ އެންމެ ކައިރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރަޖިސްޓްރީވުމަށާއި، ޓްރެވަލް ހެލްތު އިންޝުއަރެންސް ނެގުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.