Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ނިޔާވި ސިފައިންގެ މީހާގެ ޖަނާޒާ ފަތިސް ނަމާދަށްފަހު

މިއަދު ނިޔާވި ސިފައިންގެ މީހާގެ ޖަނާޒާ ފަތިސް ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

ކ. އެނބޫދޫ ފިނޮޅު ކައިރިއަށް މަސް ހިފަން ފީނަން ގޮސް އުޅުމުގެ ތެރޭގައި ނިޔާވެފައިވަނީ ސްޓާފް ސާޖަންޓް ޔައުގޫބް އަހްމަދު ،33، އެވެ.

އެމްއެންޑީއެފުން ބުނީ ޔައުގޫބްގެ ކަށު ނަމާދު އޮންނާނީ މާދަމާގެ ފަތިސް ނަމާދަށްފަހު އަސަހަރާ މިސްކިތުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ޔައުގޫބް ގެއްލިގެން ކޯސްޓްގާޑުގެ ޑައިވަރުން ހޯދަމުންދަނިކޮށް ފެނިފައިވަނީ ކަނޑުގެ 20 މީޓަރު އަޑިން ކަމަށެވެ.

އަދި މިއަދަކީ ޔައުގޫބު އޮފް ދުވަސް ކަމުން ފީނަން ދިޔައީ ކަމަށާއި، މި ހާދިސާ ދިމާވީ ފީނުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.