Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރުން ޕާޓީން ވަކިކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރުން ޕާޓީން ވަކިކޮށްފިއެވެ.

އެމްޑީޕީއިން މިއަދު ބުނީ އެ ދެ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓުދީފައިވާ ކެންޑިޑޭޓުން ތިއްބާ، ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެގެން އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރުމަކީ، އެޕާޓީގެ އަސާސީ ޤަވާޢިދުގެ 16 ވަނަ މާއްދާއާއި، 113 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފު ޢަމަލަކަށްވާތީ، އަސާސީ ޤަވާޢިދުގެ 113 ވަނަ މާއްދާއިން އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން، އެފަރާތްތައް އެޕާޓީގެ މެމްބަރުކަމުން ވަކިކޮށް ފިޔަވަޅު އެޅުމަށް އެކޮމެޓީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

އަދި އެފަރާތްތައް އެމްޑީޕީގެ މެންބަރުކަމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ އެޕާޓީގެ ދަފްތަރުން އުނިކުރުމަށް ފޮނުވާފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.

އެ މެމްބަރުންނަކީ:

1. އައިޝަތު އާސިފާ (ގުލްފާމްގެ / ހއ. ތަކަންދޫ)
2. ފާޠިމަތު ސަރާ (ހީވާޒު / ށ.ނޫމަރާ)
3. ނަޝީދާ އާދަމް (ޑެކޯރާ / ކ.މާފުށި)
4. ފާޠިމަތު ހުމައިދާ (ތިބުރޯޒުގެ / ތ. ތަކަނދޫ)
5. މަރިޔަމް ޒިމްލާ (އުރަހަ / ލ. އިސްދޫ)
6. ފަހީމާ އަޙްމަދު (ރޯޔަލް ބީޗް / ގއ. މާމެންދޫ)
7. އަރޫޝާ ޢަބްދުލް މަޖީދު (ހުޅަނގުގެ / ގދ. ހޯޑެއްދޫ)
8. އަޙްމަދު ރަޝީދު (ކިނާރާ / ރ. މާކުރަތު)
9. ސިޔާމް މުޙައްމަދު (ކުދިމާގެ / ގއ. ކޮނޑޭ)
10. އަންވަރު މުޙައްމަދު (ބޯށިމާގެ / ބ. ހިތާދޫ)
11. މުޙައްމަދު ތައުފީޤް (ޖަނަވަރީމާގެ / ދ. މާއެނބޫދޫ)
12. އަޙްމަދު ނާދިރު (ފަރިވާދީ / ސ.މަރަދޫ)
13. އަޙްމަދު އާސިމް (ހ. ރަތްކަށިމާގެ /މާލެ)
14. މުޙައްމަދު ފަޒީން (މ.ހޫރުޝީދު އާބާދު)
15. އަޙްމަދު އާމިރު (ހަވޭލީގެ / ތ. ވޭމަންޑޫ)
16. ޙުސައިން ޚަލީލު (ގަދަގެ / ލ. ކަލައިދޫ)
17. ތަންސީން ޝާކިރު (ފަރިޔާދުގެ / ގދ. ރަތަފަންދޫ)
18. އިބްރާޙީމް ރަޝީދު (ތޯތާގެ / ށ. ނޫމަރާ)
19. ސާބިރާ އިބްރާހީމް (އުދަރެސް / ށ.ފީވައް)
20. އައިޝަތު މަނިކެ (ފަޅޯމާގެ / ގއ. ގެމަނަފުށި)
21. އައިމިނަތު ޝިޔާމާ (ޓިއުލިޕްވިލާ / ގއ. މާމެންދޫ)
22. އައިމިނަތު ސޯނިޔާ (ހ.ހަންޑްރެޑް ފްލާވާރ)
23. މުޙައްމަދު ޝުޖާއު (ފިނިވާގެ / ހއ. އުތީމު)
24. އައިމިނަތު މާޝާ އަނީސް (ދިރުން / ގދ. ގައްދޫ)
25. ފާޠިމަތު ނަހުލާ (ވައިޓް ކޮރަލް / ލ. އިސްދޫ)
26. ޙައްވާ މިޒުނާ (މާވިނަ / ލ. ދަނބިދޫ)
27. ގީތާ ޖަމާލު (ލީނާ މަންޒިލް / ގއ. ކޮލަމާފުށި)
28. ވަޒުނާ އަޙްމަދު (ކަރަންކާގެ / ގދ.ރަތަފަންދޫ)
29. އުސްމާން ރަޝީދު (މާފަރިވާގެ / ކ.މާފުށި)
30. ޢަބްދުﷲ ރަޝީދު (ގޯލްޑަން މޫން / ވ. ރަކީދޫ)
31. މުޙައްމަދު އާރިފް (ގުލްފާމްގެ / ތ. ކިނބިދޫ)
32. މުޙައްމަދު އަޒީޒު (މ. ސެސްނާ / މާލެ)
33. މުޙައްމަދު އަޔާޒު (އޯޝަންހާރު / ގދ. ހޯދެއްދޫ)
34. މުޙައްމަދު ޙަލީމް (ލިލީ އޮފް ދަވެލީ / ބ. ފުޅަދޫ)
35. މުޙައްމަދު އިބްރާޙީމް (ސަނީ ސައިޑް / އދ. މާމިގިލި)
36. އާލިފް އަޙްމަދު (ޑެއިޒީގެ / ދ. މީދޫ)
37. ސަބީހާ އިސްމާއިލް (ވައިޓް ވޭވްސް / ކ. މާފުށި)
38. ބަދޫރާ (މ. ފަޅުމަތީގެ / މާލެ)