Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މޯލްޑިވިއަނުން ހާއްސަ ކާގޯ ފްލައިޓްތަކެއް ބާއްވަނީ

ރާއްޖެ އަށް މުދާ އެތެރެކުރުމަށް މޯލްޑިވިއަނުން ހާއްސަ ކާގޯ ފްލައިޓްތަކެއް ބާއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.

މޯލްޑިވިއަނުން މިފަދަ ނިންމުމެއް ނިންމިއިރު، ތަރުކާރީ ގެނައުމަށް ކާގޯ ޗާޓަރު ފުލައިޓްތަކެއް ބާއްވަން ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

"ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ގެނައުމަށް ފުދޭވަރެއްގެ ބޮޑެތި ދަތިތަކެއް ކުރިމަތި ވާނެ ފްލައިޓްތައް ކެންސަލް ކުރުމާ އެކީގައި. އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން ކާގޯ ޗާޓަރު ފްލެއިޓްތަކެއް ބޭއްވުމަށް" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަންކަން ކަމަށާއި އެހެންނަމަވެސް އެއީ ކުރަން ޖެހޭ ހަރަދުތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.