Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ސްޕެއިނުން އިތުރު 838 މީހުން މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުތެރޭގައި ސްޕެއިނުން 838 މީހުން މަރުވެއްޖެއެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި ސްޕެއިނުން މި ބައްޔަށް 6،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ 838 މީހުން މަރުވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު ސްޕެއިނުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 78،797 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ.

ސްޕެއިންގައި މި ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމު މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގައެވެ.

މި ބަލި މިހާތަނަށް ހަ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މި ބަލީގައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.