Last Updated: April 19, 13:47
Friday, April 19, 2024
ވިޔަފާރި

ލަންކާއިން 10 ޓަނުގެ މުދާ ރާއްޖެ ގެނެސްފި

ސްރީލަންކާއިން 10 ޓަނުގެ މުދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި މިއަދު ރާއްޖެ ގެނެސްފިއެވެ.

އެގޮތުން މިއަދު ގެނެސްފައިވާ މުދާތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްހީ ބައެއް ސާމާނެވެ.

މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.

މޯލްޑިވިއަނުން ވަނީ ކޮންމެ އާދިއްތަ ދުވަހަކު ލަންކާއަށް ކާގޯ ދަތުރުކުރުމަށް ނިންމާފައެވެ. އަދި ބުދަ ދުވަހު ޓްރެވިއެންޑްރަމް އަށާއި ޗެންނާއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ބުރާސްފަތި ދުވަހު ބެންކޮކްއަށް އަދި އަންނަ ހުކުރު ދުވަހު ދުބާއީ އަށް ކާގޯ ފްލައިޓުގެ ދަތުރެއް އޮންނާނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

މޯލްޑިވިއަނުން މިފަދަ ނިންމުމެއް ނިންމިއިރު، ތަރުކާރީ ގެނައުމަށް ކާގޯ ޗާޓަރު ފުލައިޓްތަކެއް ބާއްވަން ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.