Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

ލަންކާ އިން ހަތަރު މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ސްރީލަންކާ އިން ހަތަރު މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވަނިއަރަޗީ މިއަދު ވިދާޅުވީ ޕުއްތަލަމް ޑިސްޓްރިކްޓްގެ އާއިލާއަަކަށް ނިސްބަތްވާ ފަސް މީހަކު ކޮވިޑަށް ޝައްކު ކުރެވިގެން އިއްޔެ ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އެމީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން މިއަދު ހާމަވެފައިވާ ކަމަށެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވި އެ އާއިލާގެ ފަސް މީހުންގެ ތެރޭގައި ހަތަރު މަހު ކުއްޖަކު ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލަންކާ އިން މިހާތަނަށް 120 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި މިހާތަނަށް އެގައުމުން ވަނީ ދެ މީހަކު މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، އެގައުމުން ވަނީ މި ބަލީގެ ނުރައްކާތެރިކަން ނެތްކަން ކަށަވަރުވަންދެން ފްލައިޓުތައް އެގައުމަށް ޖެއްސުން ވެސް މިހާރު މަނާކޮށްފައެވެ. ނަމަވެސް ލަންކާ އިން ފުރައިގެން އެހެން ގައުމުތަކަށް ދިޔުމާއި ކާގޯ އޮޕަރޭޝަންސްތައް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ.

ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ވެސް އުޅެމުންދާ ގައުމެކެވެ.