Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ކޮވިޑް-19: އެއް ދުވަސްތެރޭ ސްޕެއިނުން 849 މަރު

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުތެރޭގައި ސްޕެއިނުން 849 މީހުން މަރުވެއްޖެއެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި ސްޕެއިނުން މި ބައްޔަށް 9،222 މީހުން ޕޮޒިޓިވްވެ 849 މީހުން މަރުވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު ސްޕެއިނުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 94،417 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 8،189 އަށް އަރާފައެވެ.

ސްޕެއިންގައި މި ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމު މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގައެވެ.

މި ބަލި މިހާތަނަށް ހަތް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މި ބަލީގައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.