Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފިޔަވަޅުތައް އެޅީ އެންމެންގެ ރައްކަލަކަށް، އެއްބާލުރުންދީ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

މާލޭގެ މަގުތަކަށް ވަކި ގަޑިއެއްގައި މީހުން ނިކުމެ އުޅުން މަނާކުރީ އެންމެންގެ ރައްކަލަކަށް ކަމަށާއި މިކަމަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މިއަދުން ފެށިގެން މި އެންގުމަށް އަމަލުކުރަން ފަށާފައިވާއިރު މިނިސްޓަރު އިމްރާން ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެ އަމުރު ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުން މިއަދުން ފެށިގެން ކުރިއަށް އޮތް ދުވަސްތަކުގައި ތަންފީޒުކުރާނެ ކަމަށެވެ.

"މިއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ އެޅުއްވި ފިޔަވަޅެއް. އެއްބާރުލުން ދެއްވާ" އިމްރާން ވިދާޅުވިއެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.