Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކުރަން ގޮވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމު - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކުރަން ނައިބު ރައީސް ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމުން ރައްކާވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން ކަމަށާއި މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބެވުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހައްދަވާ" ނައިބު ރައީސް ވިދާޅުވިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.