Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 50،000 އަށް އަރައިފި

ނުރައްކާތެރި ކޮވިޑް-19 ގައި ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މި ބަލީގައި މަރުވި މީހުންގެ އަދަދު 50،230 އަށް އަރާފައިވާއިރު، މި ބައްޔަށް ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 981،221 އަށް އަރާފައެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގޮތުން އެގައުމުން ވަނީ މި ބަލީގައި 13،155 މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވެފައިވަނީ ސްޕެއިނުންނެވެ. އެގޮތުން އެގައުމުން ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

އަދި މި ބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާ އިން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިޓަލީން ކަމަށްވާއިރު، ތިންވަނަ އަށް އުޅެނީ ސްޕެއިން އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރު މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީ އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. އަދި ބައެއް ގައުމުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، ބައެއް ގައުމުތަކުގެ ސްޓޭޓުތަކުގައި ވަނީ ވަކި މުއްދަތެއް ވަންދެން އާންމުންގެ ގޭގައި ތިބުމުގެ އަމުރުތަކެއް ވެސް ނެރެފައެވެ.