Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ސިފައިން ބަޑިޖަހާ ތަމްރީނެއް ކުރިއަށް ގެންދަނީ

ސިފައިންގެ މީހުންތަކެއް ތަމްރީނެއްގައި---ފޮޓޯ / މިހާރު

ސިފައިން ބަޑި ޖަހާ ތަމްރީނުތަކެއް ކުރިޔަށް ގެންދާތީ ސަމާލުވާން އަންގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ތަމްރީނުތައް ކުރިއަށްދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ސިފައިން މީގެކުރިން ވެސް ވަނީ ބަޑި ޖަހާ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.