Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

އުރީދޫއިން ރޯދަ މަހަށް ހާއްސަ އޮފާ ތަކެއް

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހަށް ވެސް ޚާއްސަ އޮފާތަކެއް އުރީދޫން ތައާރަފްކޮށްފިއެވެ.

އުރީދޫން ތައާރަފްކުރި ހުރިހާ އޮފާތަކެއް ވެސް މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ.

ޑެއިލީ ޑޭޓާ ކޮންބޯ

މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ގުޅުއްވާ ނުވަތަ http://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

50 ޕަސެންޓް އެކްސްޓްރާ ޑޭޓާ

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

5x ބޯނަސް ޑޭޓާ

އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

ނަމާދު އެލަރޓް، ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް

ވައިބަރ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތާއި އެކު، ނަމާދު އެލަރޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެއްވޭނެއެވެ.

މި ރަމަޟާން މަހު މުޅިން ހިލޭ!

– ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރައްވާ
– “Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިފެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އެންމެނަށް ވަރަށް ތަފާތު ރަމަޟާން މަހަކަށް ކަމަށާއި އެގޮތުން އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް ކަމަށެވެ.

"މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް. ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ޚިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން" އޭނާ ވިދާޅުވިއެވެ.