Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ލަންކާ އިން ޕޮޒިޓިވްވި އެންމެ އުމުރުން ދުވަސްވީ މީހާ ރަނގަޅުވެއްޖެ

ސްރީލަންކާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ އުމުރުން ދުވަސްވީ މީހާ ބަލިން ރަނގަޅުވެއްޖެއެވެ.

އެގޮތުން ލަންކާ އިން ޕޮޒިޓިވްވި އެންމެ އުމުރުން ދުވަސްވީ މީހާ އަކީ އުމުރުން 94 އަހަރުގެ އަންހެނެކެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ވެލިކަޑާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ކޮލަމްބޯގެ އައިޑީއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

އެ އަންހެން މީހާ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން، އެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތެރިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.

ލަންކާ އިން މިހާތަނަށް 1027 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 584 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި ނުވަ މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ލަންކާ އިން އެންމެ ފުރަތަމަ ކޮވިޑްގެ ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.