Last Updated: April 23, 13:19
Tuesday, April 23, 2024
ވިޔަފާރި

މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ

ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި އެންމެ ގާތް އަދި ލޯބިވާ މީހުންނާ ގުޅުވާލަދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި "ޢީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފަރ އެއް މިއަދު އިއުލާންކޮށްފައެވެ.

އުރީދޫން ބުނީ ޢީދަށް ޚާއްސަކޮށް ތައާރަފް ކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ފޮނުވާލެވޭނެ ކަމަށެވެ.

ހަދިޔާ ތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސް ގެ އާދަޔާޚިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް" ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާރވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން 'ތަކެތި' ފޮތް ވެސް ހިމެނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

1- އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
2- ކެޓެގަރީއިން ޢީދު ހަދިޔާ ހިޔާރުކުރައްވާ
3- ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
4- ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
5- ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތަށް ދޭން ބޭނުންވާ ހާއްސް މެސެޖް ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ
6- އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރިފަރާތަކަށް ސެމްސަންގ ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރުމަށްފަހު، ހަދިޔާގެ ފޮޓޯއެއް #EidHadhiyaa #DeliveredByMoolee ޖައްސަވާފައި 30 މެއި ގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރެއްވުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެ ކަމަށާއި ޢީދު ހަދިޔާ ޕެކޭޖްގައި ބައްލަވާގަތް އައިޓަމްގެ އިތުރުން ޢީދު ތަހުނިޔާ ކާޑަކާއި އެކު މޫލީގެ ސްޓިކަރ އެއް ހިމެނޭނެ ކަމަށް އުރީދޫން ބުނެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށްވެސް އުރީދޫން ބުނެއެވެ.