Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.

މި 18 މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 127 އަށް އަރާފައެވެ. ބަލިން ރަނގަޅުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1313 އަށް އަރާފައެވެ. 127 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ އެކެވެ.