Last Updated: March 29, 13:51
Friday, March 29, 2024
ވިޔަފާރި

މިދިޔަ މަހު އެންމެ އަގު ދަށްވީ ގޭގެ ކުލި، ފެން އަދި ކަރަންޓުން

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައިން ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސް އިން ނެރެފައިވާ އިންފްލޭޝަން ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އޮފް މޯލްޑިވްސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 3.2 ޕަސެންޓެވެ. މި އަދަދު މިދިޔަ މާޗު މަހު ހުރީ 1.2 ޕަސެންޓުގައެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާނަމަ މިދިޔަ މަހު އިންފްލޭޝަން ރޭޓް ހުރީ 3.4 ޕަސެންޓްގައެވެ.

މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުތަކަށް އައިސްފައިވާ ބާވަތްތަކުގެ ތެރޭގައި ގޭގެ ކުލި އާއި ފެން އަދި ކަރަންޓު ހިމެނެއެވެ.

އެގޮތުން ކަރަންޓުގެ ހިދުމަތްތަކުގެ އަގުތައް 40 ޕަސެންޓު ދަށްވެފައިވާއިރު، ގޭގެ ކުލީގެ ބައިން 5.1 ޕަސެންޓު، ފެން ބިލުން 30 ޕަސެންޓު ވަނީ ކުޑަވެފައެވެ. އަދި މޯބައިލް މުވާސަލާތީ ދާއިރާގެ އަގުތައް 4.7 ޕަސެންޓަށް ދަށްވިއިރު، އެއްގަމު މަހުގެ ބައިން 1.4 ޕަސެންޓު، އިންޓަނުގެ ހިދުމަތްތަކުން 1.07 ޕަސެންޓު ވަނީ ދަށްވެފައެވެ.

އޭޕްރީލް މަހު އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަކުރާރީގެ ބައިން (6.39 ޕަސެންޓް)، މަހުގެ ބައިން (1.16 ޕަސެންޓް)، ދުފުމުގެ ބައިން (3.62 ޕަސެންޓް)، މޭވާގެ ބައިން (0.54 ޕަސެންޓް) އަދި އެހެނިހެން ކާބޯތަކެތީގެ ބައިން (0.65 ޕަސެންޓް) ހިމެނެއެވެ.