Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

އަންނަ ހަފްތާގައި ތިން ދުވަހު ބޭންކުތައް ހުޅުވަނީ

އަންނަ ހަފްތާ އިން ފެށިގެން ތިން ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިރޭ ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަަަލަށް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އަސާސީ ހިދުމަތަށް ބޭންކުތަށް ހުޅުވައި ހިދުމަތް ދޭނެ ކަމަށެވެ. މިގޮތުން އެ ތިން ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 14:00 އަށް ބޭންކުތަކުން ހިދުމަތްދޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ބެންކުތައް ހުޅުވިނަމަވެސް މިމުއްދަތުގައި އެމްއެމްއޭއިން އާންމުންނަށް ހިދުމަތެއް ނުދޭނެއެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް މާދަމާ އިން ފެށިގެން ލުއިތަކެއް ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.