Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އައްޑޫން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ހަ މަހަށް ފަސްކޮށްދީފި

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ އިން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހަ މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން މިއަދު ބުނީ ކުލި ހަ މަހަށް ފަސްކޮށްދިނުމުގެ އިތުރުން މި މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް ޢަމަލުކުރުން ފަސްކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އައްޑޫ ކައުންސިލުން ވަނީ ކުލީ ބިންތަކުގެ ހަ މަސް ދުވަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން މެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް ދަންނަވާފައެވެ.

އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުންތައް ހުށަހަޅަންވާނީ ސިޓީއަކާއި ކުލީބިމުގެ އެއްބަސްވުމުގެ ކޮޕީއަކާއި އެކު planning@adducity.gov.mv އަށެވެ.