Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކަސްޓަމްސް އިން ޕޮޒިޓިވްވި ދެ މުވައްޒަފުން ރަނގަޅުވެއްޖެ

ކަސްޓަމްސް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މުވައްޒަފުން ވެސް ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި އެ ދެ މުވައްޒަފުން ވެސް ބަލިން ރަނގަޅުވެ މިހާރު ތިބީ ގޭގައި ކަމަށެވެ.

އަދި އެކި މަރުހަލާތަކުގައި ގާތްގަނޑަކަށް 50 ވަރަކަށް މުވައްޒަފުން ހޯމް އައިސޮލޭޝަނުގައި ބައިތިއްބަން ޖެހުނު ކަމަށާއި މިހާރުވެސް ގާތްގަނޑަކަށް 30 މުވައްޒަފުން އެގޮތަށް ގޭގައި އައިސޮލޭޓްކޮށްފައި ތިބޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ މުވައްޒަފުން ވެސް އެޗްޕީއޭ އިން ސާމްޕަލް ނަގައި އިރާދަކުރެއްވިއްޔާ ނެގެޓިވް ވެފައި ހުރީ" ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 406 މީހަކު ބަލިން ރަނގަޅުވެ، ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ.