Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފުވައްމުލަކުން ނެގި 100 ސާމްޕަލް ވެސް ކޮވިޑަށް ނެގެޓިވް

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށްޓަކައި ރެންޑަމްކޮށް ނެގި 100 ސާމްޕަލް ވެސް ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި ސާމްޕަލްތައް ނަގާފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށެވެ. އެގޮތުން 27 ބިދޭސީންނާއި 73 ދިވެއްސެއްގެ ސާމްޕަލް ރެންޑަމްކޮށް ނެގި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ސާމްޕަލްތައް ނެގުނު ގްރޫޕްތައް:

– ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން

– ކެފޭ އަދި ރެސްޓޯރެންޓުތަކުގެ ޑެލިވަރީގައި މަސައްކަތްކުރާ މީހުން

– ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުން

– ފެރީ އަދި އޮޑިދޯނި ފަހަރުގައި މަސައްކަތްކުރާ މީހުން

– ހޮސްޕިޓަލުގެ މުވައްޒަފުން

– ރަށުގައި ދިރިއުޅޭ ބިދޭސީން

– އުމުރުން 55 އަހަރުން މަތީގެ މީހުން

– މަސްތުވާތަކެތި ބޭނުންކުރާ މީހުން

ފުވައްމުލަކުން ނެގި 100 ސާމްޕަލް ވެސް ކޮވިޑަށް ނެގެޓިވް ވެފައިވާއިރު، އެ ހޮސްޕިޓަލުން ވަނީ މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 406 މީހަކު ބަލިން ރަނގަޅުވެ، ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ.