Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ރާއްޖެއިން ލަންކާއަށް ދިޔަ ތިން މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ސްރީލަންކާ އަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އެގައުމުން ވަނީ 62 ޕޮޒިޓިވް ކޭސް ފެނިފައެވެ. އޭގެތެރެއިން 25 މީހުންނަކީ ލަންކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ 25 މީހުން ކަމަށްވާއިރު ދެން ތިބި 37 މީހުންނަކީ ގަތަރާއި ކުވެއިތު އަދި ރާއްޖެއިން ދިޔަ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ރާއްޖެއިން އެނބުރި ލަންކާ އަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެކުރިން ރާއްޖެއިން އިންޑިޔާ އަށް ދިޔަ ބަޔަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ލަންކާ އިން މިހާތަނަށް 1620 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 781 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 10 މީހަކު ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.