Last Updated: April 20, 08:59
Saturday, April 20, 2024
ވިޔަފާރި

އުރީދޫގެ ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް އިތުރު ޑޭޓާ

އުރީދޫ ހެޑް އޮފީސް - ފޮޓޯ: ވީނިއުސް

ކޯވިޑް 19 އާއި ގުޅިގެން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަ ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް އިތުރު ޑޭޓާ ދިނުމަށް ނިންމައިފިއެވެ.

އުރީދޫން މިރޭ ބުނީ މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑެމިކް ކުރިއަށް ދާ ހިނދު އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި، މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ޖޫން މަހުގެ ނިޔަލަށް ލިބޭ ޚާއްޞަ އޮފަރތައް:

– ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް 50% އިތުރު ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

– ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

– ސުޕަރނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ
ލިބިވަޑައިގަންނަވާނެއެވެ. ނަންގަވާފައިވާ ސުޕަރނެޓް ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކޮށްލެވޭނެއެވެ.

– ފަސޭހަ މިނީ ގެންގުޅުއްވާ ކަސްޓަމަރުންނަށް 50% ބޯނަސް ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

– އެމް-ފައިސާ މެދުވެރިކޮށް ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކެވުމުން ބިލްގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، އުރީދޫން ވަނީ ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތް ތަނުގައިވެސް ދެމުންގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.