Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

އަންނަ ހަފްތާގެ ހަތަރު ދުވަހު ބީއެމްއެލް ހުޅުވަނީ

އަންނަ ހޯމަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަފްތާއަކު ހަތަރު ދުވަހު ހިދުމަތްދޭން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި ބްރާންޗްތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށާއި އަދި ދެމުންދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް:

– ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން
– ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
– ލޯކަލް ބޭންކް ޓްރާންސްފަރ
– މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
– ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން

ހަމަ އެކަނި އޭޓީއެމް މެދުވެރިކޮށް ލިބޭނެ ހިދުމަތްތައް:

– ނަގުދު ފައިސާ ޖަމާކުރުން
– ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
– އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
– ޗެކު ޖަމާކުރުން