Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

17 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ފުލުހުން ބަލަނީ

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަަޒަކުން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން އެ މައްސަލަ ބަލަނީ އެ ކުއްޖާ ރޭޕްކޮށްލި މައްސަލައެއްގެ ގޮތުގައެވެ.

އަދި މި މައްސަލަ ފުލުހުންގެ އިދާރާގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުން ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.