Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކުޑަ ކުއްޖަކު ރޭޕްކޮށް، ބަލިވެ އިން އިތުރު މައްސަލައެއް

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ކުޑަކުއްޖަކު ބަނޑުބޮޑުވި އިތުރު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑަރ މިނިސްޓްރީން މިއަދު ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަނީ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ, ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.