Last Updated: April 16, 11:51
Tuesday, April 16, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 21 މީހުން، ބަލިން ރަނގަޅުވީ 10 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 21 މީހަކު ޕޮޒިޓިވްވެ 10 މީހަކު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި، ބަންގްލަދޭޝްގެ 17 މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ކަމަށެވެ.

މި 21 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2382 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 414 މީހަކަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 10 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1954 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.