Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ, ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.