Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

"ކަރަންޓުން ވެސް ވައްކަން" ނަމުގައި އިދިކޮޅުން އެއްވުމެއް

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިރޭ މާލޭގައި ރެލީއެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ "ކަރަންޓުން ވެސް ވައްކަން" ނަމުގައި ކަމަށެވެ.

މި އެއްވުން އޮންނާނީ މިރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި 8:45 ގައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމުން މިފަދަ އެއްވުމެއް ބޭއްވުމަށް ބާއްވަން ނިންމާފައިމިވަނީ، މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުތަނުން ބޮޑުވެފައިވާތީ އާންމުން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި އާންމުންގެ ކަންބޮޑުވުން ވަނީ ސްޓެލްކޯ އަށް ބަންޑުންކޮށްލާފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ ކުރީ ދެމަހުގެ ބިލްތަކާއި އަޅައި ބަލާއިރު މިދިޔަ މަހު ބޮޑުތަފާތެއް ބިލުން ފެންނަނީ ކޮވިޑް ޑިސްކައުންޓް ކަނޑައިލުމުން ކަމަށެވެ. ސްޓެލްކޯއިން އޭޕްރީލް އަދި މެއި މަހު ކޮންމެ ކަރަންޓު ބިލަކަށް ކޮވިޑް ޑިސްކައުންޓުގެ ގޮތުގައި 40 ޕަސެންޓް ސަބްސިޑީއެއް ވަނީ ދީފައެވެ.