Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި

ރ.އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ރޭ 9:45 ހާއިރު އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީން އަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އަލިފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.