Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންގެ ބަޔަކު ދިވެހިންތަކެއް ރަހީނުކޮށްފި

ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންގެ ބަޔަކު ދިވެހިންތަކެއް ރަހީނުކޮށްފި އެވެ.

ފުލުހުން ބުނީ ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިނގާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން އުޅެނީ ބ. ބޮޑުފިނޮޅުގަ އެވެ.

އިތުރު ތަފްސީލް އަންނަނީ