Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 18 މީހުން، ބަލިން ރަނގަޅުވީ 15 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 18 މީހަކު ޕޮޒިޓިވްވެ 15 މީހަކު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެއްސަކާއި، ބަންގްލަދޭޝްގެ 11 މީހެއް ކަމަށެވެ.

މި 18 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2400 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 416 މީހަކަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 15 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1969 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.