Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މަރުވެފައިވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކުރި އުމުރުން 39 އަހަރުގެ އިންޑޮނީޝިއާގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 9:47 ހާއިރުއެވެ.

ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް ހަތަރު ދިވެއްސަކާއި 7 ބިދޭސީން ވަނީ މަރުވެފައެވެ. ބިދޭސީންގެ ތެރެއިން ދެ މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 2400 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 1،969 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 416 މީހުންނެވެ.